މަރާމާތަށްފަހު ކުޑަކުދިންގެ ޕާކު ހުޅުވައިފި

ކުޑަކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. މިގޮތުން ކުޑަކުދިންގެ ޕާކު ހުޅުވުމަށް ބޭއްވި ކުޑަ ރަސްމިއްޔާތު އޮތީ ޕާކު ސަރަހައްދުގައި 13އޮކްޓޯބަރ 2019ވީ އާދީއްތަ ދުވަހު ހަވީރުއެވެ.

މިރަސްމިއްޔާތުގައި ޕާކް ހުޅުވައިދެއްވީ ނޭކުރެންދޫ ކައުންސިލްގެ 3 މެމްބަރުންނެވެ. ޕާކް ހުޅުވުމަށްފަހު ކައުންސިލްގެ ރައީސް އިބްރާހީމް މައޫޒު އެ ރަސްމިއްޔާތަށް ގޮސްތިބި ކުޑަކުދިންނާއި ބެލެނިވެރިންނާ މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ. މައޫޒުގެ ވާހަކައިގައި ޕާކް ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުން އަލިއަޅުވާލެއްވިއެވެ. މިގޮތުން ތަކެއްޗަށް ގެއްލުން ނުލިބޭގޮތަށް ޕާކް ބޭނުންކުރުމަށާއި، ޕާކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. އަދި ޕާކުގެ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މިޕާކު މަރާމާތުކުރުމަށް ޚަރަދުކޮށްފައިވަނީ ނޭކުރެންދޫ ކައުންސިލްގެ މާލިއްޔަތުންނެވެ. މިގޮތުން ޕާކަށް ބޭނުންވާތަކެތި ހޯދުމަށް އިއުލާނުކުރުމަށް ބިޑްކާމިޔާބުކޮށް ތަކެތި ފޯރުކޮށްދިނީ ނިބަ އިންވެސްޓްމަންޓުންނެވެ. މި ޕާކަކީ 2014ވަނަ އަހަރު އެންޑް ޖަމްޢިއްޔާއިން ހަދައި ކައުންސިލާ ޙަވާލުކޮށްފައިވާ ޕާކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *