ނޭކުރެންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ މެންބަރުން ހުވާކުރައްވައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނުގެ ދަށުން، ކުރިއަށްއޮތް 5 އަހަރު ދުވަހަށް އަލަށް އިންތިޚާބުކުރެވުނު ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުގެ ރައީސާއި މެންބަރުން ކައުންސިލް މެންބަރުކަމުގެ ޤާނޫނީ ހުވާ ކުރައްވައިފިއެވެ.

އިންތިޚާބީ ކައުންސިލަރުން ހުވާކުރެއްވުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުން އިގްރާރުވުމަށް2021  މެއި މަހުގެ 17 ވަނަ ދުވަހު 13:00 ކައުންސިލް އިދާރާގެ ހޯލުގައި ބޭއްވުނު ޚާއްޞަ ދަރުބާރުގައި އޮންލައިންކޮށް މެންބަރުންނަށް ހުވައި ލައިދެއްވީ ހދ. މެޖިސްޓްރޭޓް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލް އުސްތާޒް ޢަލީ އާދަމްއެވެ.

އިދާރީ ދާއިރާތައް ކާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާހުގައިވާ ގޮތުގެ މަތީން ނޭކުރެންދޫ ކައުންސިލް މިހާރު އެކުލެވިގެންވަނީ ކައުންސިލުގެ ރައީސާއި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ކައުންސިލް މެންބަރުކަމުގެ 2 މަޤާމާއި ކައުންސިލް މެންބަރުކަމުގެ 2 މަޤާމާއެކު ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ.

ނޭކުރެންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ މެންބަރުންނަކީ:

ކައުންސިލުގެ ރައީސް: ޢަލީ ސިރާޖް، ރޯޒީ ހދ.ނޭކުރެންދޫ

ކައުންސިލުގެ މެންބަރު: މަރްޔަމް ޟަމީރާ، ފިނިހިޔާގެ ހދ.ނޭކުރެންދޫ

ކައުންސިލް މެންބަރު: ޢާއިޝަތު ޝަފާ، މަންޒަރުވިލާ ހދ.ނޭކުރެންދޫ

ކައުންސިލް މެންބަރު: މުޙައްމަދު ޒާހިރު، ލަމްހާ ހދ.ނޭކުރެންދޫ

ކައުންސިލް މެންބަރު: ޢަލީ އާދަމް، އެރޯވިލާ ހދ.ނޭކުރެންދޫ

 

މިދަރުބާރުގައި ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންވެސް ވަނީ މެންބަރުކަމުގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް ނެތި އެތައް އެތައް ދުވަހެއް ވޭތިވުމަށް ފަހު އަލަށް މިއިންތިޚާބުކުރެވުނު ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ:

 

ފާޠިމަތު ރިޟާ، ގޯބިލިގަސްދޮށުގެ ހދ.ނޭކުރެންދޫ

ޢާއިޝަތު ނިޝާދާ، ނިރު ހދ.ނޭކުރެންދޫ

މަރްޔަމް ނާޒިމާ، ސަބުދެލިގެ ހދ.ނޭކުރެންދޫ

 

ކޮވިޑް 19 ފެތުރުން ޢާންމު ވެފައިވާ ދުވަސްވަރަކަށްވާތީ ހުވާކުރުމުގެ ދަރުބާރުގައި ޢާންމު ރައްޔިތުން ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވައިލެވިފައިނުވާތީ ދަރުބާރު ވަނީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *