ކައުންސިލްގެ ރައީސްކަމަށް ޢަލީ އާދަމް ނައިބުރައީސަކަށް ޒާހިރު އިންތިޚާބުކޮށްފި

ނޭކުރެންދޫ ކައުންސިލްގެ ރައީސަކަށް އަލްފާޟިލް ޢަލީ އާދަމް އަދި ނާއިބު ރައީސަކަށް އަލްފާޟިލް މުޙައްމަދު ޒާހިރު އިންތިޚާބުކޮށްފިއެވެ. މި ދެބޭފުޅުން މި މަޤާމްތަކަށް އިންތިޚާބުކޮށްފައިވަނީ ކައުންސިލްގެ ރައީސް ކަމުގެ މަޤާމްގައި ހުންނެވި އަލްފާޟިލް އިބްރާހީމް މައޫޒު ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާގުޅިގެން 13ނޮވެމްބަރ 2019ގައި  ބޭއްވި ނޭކުރެންދޫ ކައުންސިލްގެ 3ވަނަ ދައުރުގެ 10ވަނަ ކުއްލި ޖަލްސާގައެވެ. މިގޮތުން މި ޖަލްސާގައި ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަޤާމަށް ކުރިމަތިލެއްވީ ނާއިބުރައީސްގެ މަޤާމުގައި ހުންނެވި ޢަލީ އާދަމްއެވެ. އަދި ނާއިބު ރައީސް ކަމުގެ މަޤާމްގައި ހުންނެވި ޢަލީ އާދަމް ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން ނާއިބުރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެމަޤާމަށް ކުރިމަތި ލެއްވީ މެމްބަރު މުޙައްމަދު ޒާހިރުއެވެ.

ޢަލީ އާދަމްއަކީ ނޭކުރެންދޫ ކައުންސިލްގެ ދެވަނަދައުރުގައި ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވާ އަދި 3ވަނަ ދައުރުގެ ނާއިބުރައީސްކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މުޙައްމަދު ޒާހިރުއަކީ ނޭކުރެންދޫ ކައުންސިލްގެ ފުރަތަމަ ދައުރާއި 3ވަނަ ދައުގައި މެމްބަރުކަން ކުރައްވަފައިވާ ބޭފުޅެކެވެ.

ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އިބްރާހީމް މައޫޒު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ބަދަލުވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *